Ads by Stelco

ޚަބަރު

ޤައުމު ހިންގުމުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެ ކަމެއް: ރައީސް

ޤައުމު ހިންގުމުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެ ކަމެއް: ރައީސް

ރައީސް މުއިއްޒު ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ގައި ވާހަކަފުޅު ދައްކަވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 11:20

23 ޑިސެމްބަރު 2025، 11:20

ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް" ބައްދަލުވުމުގައި ޒުވާނުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް މުހިއްމު ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އަދި ޤައުމުގެ ކަންކަން ނިންމުމަށް ޒުވާނުންގެ ބަސް ވަރަށް މުހިއްމުކަން ފާހަގަކުރައްވައި، މީގެކުރިން ރާއްޖޭގައި ކަންވެފައިއޮތީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާގޮތަށް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރުމަށްކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާޞިލުވުމަށް ކޮންމެހެން މުހިއްމުކަމެއްކަމަށެވެ. މީގެ އިތުރުން ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ސަރުކާރުގެ ސިޔާސަތުތަކަށް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ފަރާތުން ހުށައެޅި ޔޫތް ޕާލިމަންޓްގެ ކޮންސެޕްޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ޔޫތް ޕާލިމަންޓްގެ ކޮންސެޕްޓް ވަރަށް ބިނާކުރަނިވިކަމެއް، ކޮންމެ އަތޮޅަކުން އެކިދާއިރާތަކުން ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ. އަޅުގަނޑު ބަލާނަން ތިކަން ކުރެވޭނެ ގޮތްތައް، ސީރިއަސްކޮށް ވިސްނާނެކަމެއް."

ޒުވާނުންގެ ކޮންފަރެންސަށްފަހު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަންތަކާއެކު ޒުވާނުންވަނީ އެކި ދާއިރާތަކުން ހުށައެޅުންތައް ހުށައަޅާފައެވެ. "ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް" ގައި ރައީސް ވަނީ ޒުވާނުން ހުށައަޅާފައިވާ މުހިއްމު ގިނަ ކަންކަމަށް ޙައްލު ގެނެސްދެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމަކީ ޒުވާނުންގެ އަޑު ސަރުކާރުގެ އެންމެ މަތީ ފަންތިއަށް އިއްވުމަށާއި، ޒުވާނުންގެ ބޭނުންތަކާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެންދިޔަ މުހިއްމު ފުރުސަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450