Ads by Stelco

ޚަބަރު

ރައީސްގެ ވަޢުދުފުުޅު ފުއްދަވައިފި، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކުރައްވައިފި

ރައީސްގެ ވަޢުދުފުުޅު ފުއްދަވައިފި، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2025، 09:22

24 ޑިސެމްބަރު 2025، 09:22

ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ.

ކަސްޓަމްސްއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހުރިހައި ޚިދުމަތްތައް މިހާރު 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން މި ޚިދުމަތް ދެމުން އައީ ދުވާލަކު 18 ގަޑިއިރުއެވެ.

ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ކަސްޓަމްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތައް މިހާރު މިއޮންނަނީ ގާތްގަނޑަކަށް އެއް ޝިފްޓު ނޫނީ 2 ޝިފްޓު މިއޮންނަނީ ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިން މަސައްކަތް މިކުރަނީ. އެހެންވީމަ އެއީ 18 ގަޑިއިރުގައި އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ." މި ބަދަލާއެކު ވިޔަފާރިވެރިންނަށް މުދާ ނެރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މުދާ ކްލިއަރކުރުމުގެ ވަގުތުގެ އިތުރުން، ޑެމަރޭޖް ނާރާގޮތަށް މުދާ ބެހެއްޓޭ ވަގުތު އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ފްރީކޮށް އޮންނަ 80 ގަޑިއިރު 124 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ޑެމަރޭޖްނާރާ ވަގުތު ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަންޖެހި، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ. އެއަރޕޯޓާއި ސީޕޯޓުގައި ވިޔަފާރިވެރިންނަށް ހުރި މިފަދަ ހުރިހާ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450