Ads by Stelco

ޚަބަރު

ކޮންމެ އައު ފެށުމަކީ އަޒުމު އައުކުރުމުގެ ވަގުތެއް: ރައީސުލްޖުމްހޫރިއްޔާ

ކޮންމެ އައު ފެށުމަކީ އަޒުމު އައުކުރުމުގެ ވަގުތެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

01 ޖެނުއަރީ 2026، 10:44

01 ޖެނުއަރީ 2026، 10:44

ކޮންމެ އައު ފެށުމަކީ އަޒުމު އައުކުރުމުގެ ވަގުތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތެއްކަމަށެވެ.

ރައީސް ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށްކަމަށެވެ. އަދި ދިވެހީންގެ އެންމެ އެވޭލާ ތާރީޚުއްސުރެ މިއަދާ ހަމަޔަށް ފެންނާން އޮތް އެއް ހަގީގަތަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ޙާޞިލްވޭތޯ ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަމުން ދިޔަކަންކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަކަމެވެ. އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ މި ރޫޙާއި މި ވިސްނުމުގައެވެ."

ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

މީގެއިތުރުން މިއީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ ތާރީޚީގޮތުން މުހިންމު މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރެއްކަމަށާއި، މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީހުކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއްވެސް ބިނާކޮށްދިނުމާއެކު ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަމަށެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވީ އަޅުގަނޑުމެން އެންމެން ގުޅިގެން ޤައުމަށްޓަކައި މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450