Ads by Stelco

ޚަބަރު

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސް/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޖެނުއަރީ 2026، 12:24

07 ޖެނުއަރީ 2026، 12:24

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ކަނޑު ގަދަވެ، ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު  ނެރިފައެވެ. އަދި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450