Ads by Stelco

ޚަބަރު

އެއް މަސްދުވަސް ތެރޭގައި 104 މަސާޖު ޕާލާ ބަންދުކޮށްފި

އެއް މަސްދުވަސް ތެރޭގައި 104 މަސާޖު ޕާލާ ބަންދުކޮށްފި

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

08 ޖެނުއަރީ 2026، 10:52

08 ޖެނުއަރީ 2026، 10:52

ޑިސެންބަރު 9ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު، މާލޭ ސިޓީގައި ހިންގަމުން ދިޔަ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޕީއެންސީ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 104 މަސާޖު ޕާލާ ބަންދުކުރެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އަޅުގަނޑުމެން އެންމެންނަކީ ވެސް މުޖުތަމަޢުގައި ހުރި ނުރަނގަޅު އާދަތައް ނައްތާލުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

އަދި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވީހިނދު، މުޖުތަމަޢުގެ ހުރިހާ އާދަތަކެއް ހުންނަން ވާނީ އިސްލާމީ އުސޫލުތަކާ ޚިލާފުނުވާގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޤައުމެއްގެ ކަންކަން އިސްލާޙެއް ނުވާނެ، އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އެ ޤައުމުގެ ކަންކަން އިސްލާޙު ކުރާނެ ޚިޔާލާތެއް ނެތިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ދުއިސައްތަ އެތައް މަސާޖު ޕާލާއެއް މާލޭގައި ހުރި ކަމަށެވެ. އެހެންކަމުން އޭގެ ތެރެއިން ގިނަ ތަންތަން މިހާރު ބަންދުކުރެވިފައިވާއިރު، ބާކީ ހުރިތަންތަން ވެސް އަވަހަށް ބަންދުކުރުމަށް އެ ތަންތަން ހިންގަވާ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ. 

ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން 9 ޑިސެންބަރުގައި ފެށި ޚާއްޞަ އޮޕަރޭޝަނަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން އެ ކަންބޮޑުވުން ހާމަކުރުމުން ފެށި އޮޕަރޭޝަނެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އާދަކޮށް ކުރަމުންދާ މަސައްކަތެއް ކަމުގައި ވިޔަސް، އާންމުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އޮތުމުން، މި އޮޕަރޭޝަންތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިފަދަ ކަންކަން މުޖުތަމަޢުން ނައްތާލުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450