Ads by Stelco

ޚަބަރު

ކްލިނިކްތަކާއި އައިނު ފިހާރަތަކުން ބުރާސްފަތި ދުވަހުން ފެށިގެން އާސަންދައިން އައިނު ހެއްދޭނެ

ކްލިނިކްތަކާއި އައިނު ފިހާރަތަކުން ބުރާސްފަތި ދުވަހުން ފެށިގެން އާސަންދައިން އައިނު ހެއްދޭނެ

އައިޖީއެމްއެޗްގައި ހުންނަ އައިނު ފިހާރަ / ފޮޓޯ: ސަން

farudhun logo

ފަރުދުން

09 ޖެނުއަރީ 2026، 03:14

09 ޖެނުއަރީ 2026، 03:14

ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން 15 ޖެނުއަރީ 2026އިން ފެށިގެން އާސަންދައިން އައިނު ހެއްދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. 

މިކަމާ ގުޅިގެން ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ޚިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ޞިއްޙީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް"ގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

މީގެތެރެއިން ޕްރިސްކްރިޕްޝަން ގްލާސަސް (އައިނު) ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ވިދާޅުވިއެވެ.

އެންސްޕާއިން ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް މިމަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ފެށޭނެކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450