Ads by Stelco

ޚަބަރު

ދީނާ ޚިލާފު ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަކަށް މި މުޖުތަމަޢުން ފުރުޞަތު ދީގެން ނުވާނެ: ރައީސް

ދީނާ ޚިލާފު ކަންކަމަށް  ގޮވާލާ ސިޔާސީ ފިކުރަކަށް މި މުޖުތަމަޢުން ފުރުޞަތު ދީގެން ނުވާނެ: ރައީސް

ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

09 ޖެނުއަރީ 2026، 04:20

09 ޖެނުއަރީ 2026، 04:20

ދީނާ ޚިލާފު ކަންކަމަށް  ގޮވާލާ ސިޔާސީ ފިކުރަކަށް މި ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު ދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 އެ މަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ އޮފީސް ހުޅުވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާކަން ހާމަކުރައްވަމުންނެވެ.

އެހެންކަމުން ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިޚާބުތަކުން ފުރުޞަތު ލިބިގެންދިއުން ވެގެންދާނީ، އަމިއްލައަށް ހެދޭ ގޯހަކަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށްކަމަށާއި، އެ ޤައުމެއްގެ ކަންކަން އިސްލާޙުކުރެވޭނީ އެ ޤައުމެއްގެ ފަރުދުންގެ އެފަދަ ޚިޔާލާތެއް ހުރިއްޔާކަން އެ މަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

މި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް ނަޞްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށްކަމަށް ވިދާޅުވެ، އެ ގޮތުގެމަތީން ކުރައްވަމުންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. އެގޮތުން މަސާޖު ޕާލަރތަކުގެ ނަމުގައި ބަދުއަޚުލާޤީ ޢަމަލުތަކުގެ ވިޔަފާރި ހިންގާ ތަންތަން ބަންދުކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގައި ހިމެނިގެން ގާތްގަނޑަކަށް އެއް މަސްދުވަހުގެ ތެރޭގައި، މާލޭ ސިޓީއިން އެކަނި، މިފަދަ 104 ތަނެއް ބަންދުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ގޯހެއްކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި މީހަކަށް، އެކަން ޤަބޫލުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450