Ads by Stelco

ޚަބަރު

ހިޔާ ޓަވަރު 8ގައި ހަރުކުރި އިތުރު ލިފްޓު ބޭނުންކުރަން ފަށައިފި

ހިޔާ ޓަވަރު 8ގައި ހަރުކުރި އިތުރު ލިފްޓު ބޭނުންކުރަން ފަށައިފި

ހިޔާ ޓަވަރެއްގައި މިދިޔަ އަހަރު ހަރުކޮށްފައިވާ ލިފްޓެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖެނުއަރީ 2026، 02:10

25 ޖެނުއަރީ 2026، 02:10

ހުޅުމާލޭ ފޭސް-2ގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން  އެޗް8ގައި ހަރުކުރި އިތުރު ލިފްޓުގެ ބޭނުންކުރަން ފަށައިފިއެވެ.

މިއީ، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ޓަވަރު ހަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން ކުރަމުންދާ މަސައްކަތެކެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ އެޕްރީލް މަހު ފެށިފަހުން، މި މަސައްކަތުގައި ސިވިލް އަދި ސްޓްރަކްޗަރގެ ހުރިހާ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ލިފްޓްތައް ބެހެއްޓުމުގެ %86 މަސައްކަތް ނިމިފައިވާކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހާމަކޮށްފައެވެ. 

އަދި މިހާތަނަށް 8 ޓަވަރެއްގައި ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމި، އެ ލިފްޓްތައް ދަނީ ބޭނުން ކުރަމުންނެވެ. އެއީ، ހިޔާ ޓަވަރު އެޗް1، އެޗް2، އެޗް3، އެޗް4، އެޗް5، އެޗް6، އެޗް7 އަދި އެޗް8 އެވެ.

އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި، މަސައްކަތް ނިމި، ޓެސްޓު ކުރުމުގެ މަސައްކަތް އިތުރު 5 ޓަވަރެއްގައި މިހާރު ދަނީ ކުރަމުންނެވެ. އަދި ޓަވަރުތަކުގައިވެސް މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ބޭނުންވާ ސާމަނުވެސް ހަމައަށް ލިބިފައިވާ ކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ، ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450