Ads by Stelco

ޚަބަރު

މޫސުން ގޯސްވެ، އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު!

މޫސުން ގޯސްވެ، އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު!

މާލެއަށް ވިއްސާރަކުރުން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ފެބްރުއަރީ 2026، 07:17

08 ފެބްރުއަރީ 2026، 07:17

މޫސުން ގޯސްވުމުގެ ސަބަބުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ވަނީ، މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 23:30 އާއި ހަމައަށް އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު  ނެރެފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު މެންދުރުފަހު 12:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ހުދު ސަމާލު ނެރިފައެވެ. އެހެންކަމުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450