Ads by Stelco

ޚަބަރު

ދުންފުހުގެ ސަބަބުން މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ވައި ނުސާފުވާނެ: މެޓް

ދުންފުހުގެ ސަބަބުން މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ވައި ނުސާފުވާނެ: މެޓް

ވައި ނުސާފު/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ފެބްރުއަރީ 2026، 12:43

09 ފެބްރުއަރީ 2026، 12:43

ހުލާސާ


ދުންފުހުގެ ސަބަބުން މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ވައި ނުސާފުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ކުރަމުންދާއިރު، މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓުކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް 4 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މި ހާލަތާ ގުޅިގެން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ނުކުންނަ ވަގުތުތަކުގައި މާސްކު އެޅުމަށާއި، ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. މީގެ އިތުރުން ގޭތެރޭގައި އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި ދުވަސްވަރު ވައިގެ ހާލަތަށް ބަލައިގެން ޢާންމު ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަކީ މުހިންމު ކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450