Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 ފެބްރުއަރީ 2026، 06:31

12 ފެބްރުއަރީ 2026، 06:31

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ބުދަ ދުވަހު ޒިޔާރަތްކުރައްވައިފިއެވެ.

އެ މަނިކުފާނު އެމްބަސީއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އެމްބަސީއަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ރަސްމީ ދަޢުވަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހު އެ މަނިކުފާނު ވަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބަރލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450