ޚަބަރު
ފުލުހުންގެ ޚިދުމަތުން ބޭއްވި 'މާހެފުން' ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
މާހެފުމުގެ ތެރެއިން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާކިޔުމުގެ ގޮތުން ބޭއްވި 'މާހެފުން' ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއާއި، ދާޚިލި ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ދައުލަތުގެ އެކި ވަޒީރުންނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑު އޮފިސަރުންނާއި، އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ޢާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިވެލެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޙަރަކާތެއް ބާއްވާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް އެ އިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.