Ads by PNC

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝް އަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ފެބްރުއަރީ 2026، 10:07

17 ފެބްރުއަރީ 2026، 10:07

ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިހިނގާ ފެބުރުއަރީ މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ބަންގްލަދޭޝްގެ އިންތިޚާބުގެ ރަސްމީ ނަތީޖާތައް ދެއްކިގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ދަތުރުފުޅަ ނިންމާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖެއާއި ބަނދަގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450