Ads by PNC

ޚަބަރު

އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކޮށް، ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކޮށް، ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

ވޯލްޑް ސޯޝަލް ޖަސްޓިސް ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2026، 02:13

20 ފެބްރުއަރީ 2026، 02:13

ދުނިޔޭގެ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކާއި، އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ދުވަހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، ރާއްޖޭގެ ޖަޒީރާވަންތަ ރަށްތަކަށް ބޭނުންވާ އިޖުތިމާޢީ ޢަދުލުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތާއި، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއްގެ އިތުރުން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ.

މީގެ އިތުރުން، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި، އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއެކު އިންސާފުވެރި އިޤްތިޞާދީ ފުރުޞަތުތައް ރައްޔިތުންނަށް ފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ދިވެއްސަކަށްވެސް އުންމީދީ އަދި ރައްކާތެރި މުސްތަޤްބަލެއް ބިނާކުރުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި، ތަޢުލީމީ ދާއިރާއިންނާއި ހުނަރު ތަރައްޤީކުރުމުގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ތަފާތުތަކާއި ގޮންޖެހުންތައް ހުރި ނަމަވެސް، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އޯގާތެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ ރޫޙެއްގައި، އެންމެން ގުޅިގެން ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450