Ads by PNC

ޚަބަރު

ދިއްދޫއަށް 112 ހެކްޓަރުގެ ބިން އިތުރުކުރުމަށް ފެށި މަޝްރޫޢު 50 ދުވަހުގެ ތެރޭގައި ނިންމާލައިފި

ދިއްދޫއަށް 112 ހެކްޓަރުގެ ބިން އިތުރުކުރުމަށް ފެށި މަޝްރޫޢު 50 ދުވަހުގެ ތެރޭގައި ނިންމާލައިފި

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ވަނީ 50 ދުވަހުގެ ތެރޭގައި ނިންމާލާފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ފެބްރުއަރީ 2026، 12:39

24 ފެބްރުއަރީ 2026، 12:39

50 ދުވަހުގެ ތެރޭގައި ހއ. އަތޮޅުގެ ދިއްދޫއަށް 112 ހެކްޓަރުގެ ބިން އިތުރުކޮށް، ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މިއީ އެ ރަށުގައި އެއާރޕޯޓެއް ތަރައްޤީކުރާށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމަށް ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ޚިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ކަމަށާއި، އެހެންކަމުން ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާފައިވާއިރު، މިކަމަށް ހޭދަވެފައި ވަނީ 50 ދުވަސް ކަމަށެވެ.



މި މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. އަދި މިކަމަށް ބޭނުންކޮށްފައި ވަނީ ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކަމަށް އެމްއޭސީއެލްއިން ކުރިން ހާމަކޮށްފައި ވެއެވެ.

މި މަޝްރޫއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިދިޔަ 2025ވަނަ އަހަރުގެ ޖަނަވަރީ މަހު، ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިއްދޫ އާއި އެ ސަރަޙައްދަށް އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުން، އެއަރޕޯޓް މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށާއި، އެއީ މުޅި އަތޮޅުގެ ދުރު ރާސްތާ ޕްލޭނާ ގުޅިފައިވާ މަސައްކަތެއްކަމަށެވެ.

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު ދިއްދޫގައި ދިރިއުޅޭ އާބާދީ 7،000އަށް އަރައެވެ. އަދި ދިއްދޫގައި ތަރައްޤީކުރާ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ އަދި މުޅި އެ ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ސަރުކާރުން  ހާމަކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450