ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސްއާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
24 ފެބްރުއަރީ 2026، 10:36
24 ފެބްރުއަރީ 2026، 10:36
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށާއި، ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ ދިވެހިރާއްޖެ އާއި އެސްޓޯނިއާއާ ދެމެދުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި އުފެދިފައިވާ ގުޅުމާއި ބަދަޙިކަމަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެކިދާއިރާތަކުން ކުރެވޭ މުޢާމަލާތްތައް އިތުރުވެފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ކުރިއަރުވައި ބަދަހިކުރެއްވުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
As Estonia celebrates its Independence Day, I wish to convey my heartfelt greetings and good wishes to His Excellency President @AlarKaris, His Excellency Prime Minister @KristenMichalPM, the Government and the people of Estonia. I wish the people of Estonia a joyful day and a… pic.twitter.com/Wu3ke7tY99
— Dr Mohamed Muizzu (@MMuizzu) February 24, 2026
އެސްޓޯނިއާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ ދިވެހި ރައީސަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ އެ ދަތުރުފުޅުގައި އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު ހާމަކުރިއެވެ.