ޚަބަރު
ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި
ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރޯދަވީއްލުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
24 ފެބްރުއަރީ 2026، 09:20
24 ފެބްރުއަރީ 2026، 09:20
ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މުލީއާގޭގައި މިއަދު ކުރިޔަށް ގެންދިޔަ މި ރޯދަވިއްލުމަށް ހާޒިރުވެވަޑައިގެންނެވި އިއްޒަތްރެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިޙްތިރާމް އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހަރަކާތަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކޮށް، ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮންމެ އަހަރަކު ދެއްވާ ރޯދަ ވީއްލުމެކެވެ.