Ads by PNC

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން "ޙާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ" ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން "ޙާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ" ޝަރަފުވެރިކޮށްދެއްވައިފި

"ޙާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ" ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މާރިޗު 2026، 10:47

01 މާރިޗު 2026، 10:47

ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޒުކަމުގެ ސަނަދު ހާސިލުކުރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި "ޙާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ޙަފުލާއެކެވެ. މި ޖަލްސާ ބޭއްވުމުގެ މައިގަނޑު މަޤޞަދަކީ ކީރިތި ޤުރުއާން މުޅިން ހިތުދަސްކޮށް، ދަސްވެނިވި ޙާފިޒުންގެ ކާމިޔާބީ ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރުންނަށް ތާޖާއި މެޑަލް އަދި އިނާމު ހަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ދަސްވެނިވި ޙާފިޒުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



މި ސަރުކާރުން ކީރިތި ޤުރުއާން އުނގަންނައިދިނުމަށާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން ޙާފިޒުން އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން ދައުލަތުން ދޭ އިނާޔަތްތައް އިތުރުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450