Ads by PNC

ޚަބަރު

އަމާޒަކީ މި ޤައުމު އަމާން ތަނެއްގެ ގޮތުގައި ކަށަވަރުކޮށްދޭނެ ޤާބިލް ބައެއްގެ ގޮތުގައި ފުލުހުން ދެމިތިބުން: ރައީސް

އަމާޒަކީ މި ޤައުމު އަމާން ތަނެއްގެ ގޮތުގައި ކަށަވަރުކޮށްދޭނެ ޤާބިލް ބައެއްގެ ގޮތުގައި ފުލުހުން ދެމިތިބުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

29 މާރިޗު 2026، 06:19

29 މާރިޗު 2026، 06:19

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަމާޒަކީ މި ޤައުމު އަމާން ތަނެއްގެ ގޮތުގައި ކަށަވަރުކޮށްދޭނެ ޤާބިލް ބައެއްގެ ގޮތުގައި ފުލުހުން ދެމިތިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޚިއްސާކުރެއްވި މި މެސެޖުގައި ވަނީ އެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ދުވަހުގެ ތަހުނިޔާއާއި ޝުކުރު ދަންނަވާފައެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ފުލުހުންނަކީ ރެޔާއި ދުވާލު ޚިދުމަތްކުރުމުގައި ދެމިތިބޭ ބައެއް ކަމަށާއި، އެހެންކަމުން ފުލުހުންގެ މުޢައްސަސާއަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.



މިއާއެކު މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު "ފުލުހު މީހުން" ޤާނޫނާއެކުއެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ބޮޑު ބަދަލެއް އައީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެކުއެވެ. މި ޤާނޫނާއެކު އެ މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ކަށަވެރުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450