Ads by PNC

ޚަބަރު

ގެދޮރު އިމާރާތް ކުރަން ދަތިވާ ފަރާތްތައް ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

ގެދޮރު އިމާރާތް ކުރަން ދަތިވާ ފަރާތްތައް ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 މާރިޗު 2026، 10:41

30 މާރިޗު 2026، 10:41

މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ކުރީގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމާއި އެހެނިހެން ސްކީމްތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ ސިޔާސަތަށް މި ބަދަލު ގެންނަން ނިންމެވީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ގިނަ ބަޔަކު މިކަމަށް އެދެމުންދާތީއެވެ. ޚާއްޞަކޮށް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި ވަރަށް ނިކަމެތި އާއިލާތައް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކައިގެން ތަރައްޤީކުރާ ސަރަޙައްދުތަކުގައި ގެދޮރު ބިނާކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށާއި، އަދި އަމިއްލައަށް ގެއެއް އިމާރާތް ކުރުމަކީ މާލީ ގޮތުން ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށެވެ. އެހެންކަމުން، މާލީ ތަނަވަސްކަން ނެތް މީހުންނަށް، ކުރިން ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވުމުގެ ފުރުޞަތު ދިނުމަކީ ބޮޑު ލުޔަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިމާރާތްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމަ އެ ފުރުޞަތު ދޭން ސަރުކާރުން މި އުޅެނީ. ޕޯޓަލްގެ ތެރެއަށް ސްކީމް އިތުރުކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. 2-3 ހަފްތާ ތެރޭ ހުޅުވާލެވޭނެ،

ރައީސް 

މީގެ އިތުރުން، ޖޮއިންޓްކޮށް (ބައިވެރިވެގެން) ގޯތި ލިބިފައިވާ ފަރާތްތަކުން، އެންމެން އެއްބަސްވެގެން ގޯތި ދޫކޮށްލާނަމަ، ވަކިވަކިން ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އުސޫލުގެ ދަށުން ފްލެޓް ދޫކުރާނީ ކުރިން ލިބިފައިވާ ބިން ރަސްމީކޮށް ދޫކޮށްލުމުންނެވެ.

މި އައު ފުރުޞަތާއެކު، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް އޮތް ބޮޑު ތަރުހީބާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450