Ads by PNC

ޚަބަރު

ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ހިޔާ ޓަވަރުތައް---

farudhun logo

ފަރުދުން

31 މާރިޗު 2026، 09:00

31 މާރިޗު 2026، 09:00

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި، ދެ އަހަރު ވަންދެން ދައްކަން ނުޖެހޭ ގޮތަށް ހަދައި، އެކަން އެ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

މިއީ ހިޔާ ފްލެޓުތައް އެއްކޮށް ނުނިންމާ ހަވާލުކުރުމުގެ ސަބަބުން، އެ ތަނުގެ މަރާމާތަށް ޚަރަދުކުރުމަށް ދެ ލައްކަ ރުފިޔާ ހޭދަވާނެކަމަށް ބަލައި، އޭގެ ބަދަލެއްގެ ގޮތުން ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދެވުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ. 

މިކަމާ ގުޅިގެން އެޗްޑީސީއިން ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް އަންގާފައި ވަނީ، ވަނީ ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެކަމަށެވެ. 

އެގޮތުން 1 އެޕްރީލް 2026އިން ފެށިގެން ކުރިއަށްއޮތް ދެ އަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މެއިންޓައިނަންސްފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރ ދައްކަންޖެހޭނެކަމަށް ވިދާޅުވިއެވެ

މި ބަދަލުގެންނެވުމަށް ނިންމެވިއިރު ހިޔާ ފްލެޓުގެ ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450