Ads by PNC

ޚަބަރު

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވޭނެގޮތަށް އުޞޫލު ބަދަލުކޮށްފި

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވޭނެގޮތަށް އުޞޫލު ބަދަލުކޮށްފި

ސްކޫލް ކުދިންނަށް ސްކޮލަރޝިޕް ދިނުން/ފޮޓޯ: ރައީސް އޮފީސް

31 މާރިޗު 2026، 10:03

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ފަހިވާގޮތަށް އުޞޫލު ބަދަލުކުރައްވައިފިއެވެ.

މިގޮތުން، މި ބަދަލުތައް ގެންނަވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ އުޞޫލަށެވެ.

މި އުޞޫލު ކުރިން އޮންނަ ގޮތުން ސްކޮލަޝިޕް ލިބޭ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބެނީ މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ވަކި ޚާއްޞަ ދާއިރާތަކަކުންނެވެ. ނަމަވެސް، ސަރުކާރުން މިހާރު އެކަމާއި ގުޅޭ އުޞޫލުތަކަށް ބަދަލުތައް ގެންނަވައި، އެ އުޞޫލު ގެޒެޓް ކުރައްވާފައިވާއިރު، މި އުޞޫލަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ފަހިވާގޮތަށް ހަމަޖެއްސެވުމެވެ.

މީގެ އިތުރުން، އެ އުޞޫލަށް މުހިންމު އެހެނިހެން ބަދަލްތައް ގެންނަވާފައިވާއިރު، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމުގެ ގޮތުން ގެންނެވި ބަދަލަކަށްވާއިރު، މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ. ހަމަ އެއާއެކު، މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހޭނެކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ، މިދިޔަ އަހަރު އޭލެވެލް ނިމި، ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450