Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމުން ސުޕަރ މެޖޯރިޓީގެ ނިޒާމު ނައްތާލެވޭނެ: ރައީސް މުޢިއްޒު

ދެ އިންތިޚާބު އެއްކޮށްލުމުން ސުޕަރ މެޖޯރިޓީގެ ނިޒާމު ނައްތާލެވޭނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 އޭޕްރީލު 2026، 02:11

02 އޭޕްރީލު 2026، 02:11

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބޭގޮތަށް އޮތް ނިޒާމު ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޚާއްޞަ ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިންތިޚާބުތަކުގައި ނަގާ ވޯޓަކީ ސިޔާސީ ވިސްނުމުގައި ދޭ ވޯޓަކަށް ހެދުމުގެ ބަދަލުގައި، އެއީ ޤައުމީ ވިސްނުމުގައި ދޭ ވޯޓަކަށް ހެދުން މުހިންމު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ދެ ތާރީޚެއްގައި ބޭއްވުމުގެ ސަބަބުން ކެންޑިޑޭޓުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލިގެންދެއެވެ. އެގޮތުން، ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބޭއްވުމުން، އެއިރެއްގައި އޮންނަ ސަރުކާރަކަށް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް ސުޕަރ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި، މީގެ ސަބަބުން ޤައުމީ ވިސްނުން ނުގެންގުޅޭ ބަޔަކު ވެރިކަމުގައި ތިބިނަމަ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވޭއިރު މިވާގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ހޮވެނީ ކާކުކަމެއް ނޭނގެ. ނޭނގޭ ހާލުގައި މަޖިލީިސް މެންބަރުން މިހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ވަގުތެއްގައި. އެހެންވީމަ ތިމަންނައަކީ ސަރުކާރުގެ ކެންޑިޑޭޓެކޭ ނުބުނެވޭނެ ނޫންތޯ،

ރައީސް 

ރައީސް އިތުރަށް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން، އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ހިމެނޭހެން މަޖިލިސް އެކުލެވިގެންދާނެ ކަމަށެވެ. އަދި މިފަދަ "ފެއަރލީ ޑިސްޓްރިބިއުޓެޑް" މަޖިލީހަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، ޒިންމާދާރުކަމެއް ނެތް ސުޕަރ މެޖޯރިޓީއެއް އޮތުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ސިޔާސީ ވިސްނުން އިސްކުރެވޭ މައްސަލައަށް މީގެން ހައްލެއް ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިޚާބަށްވާއިރު، މަޖިލިސް އިންތިޚާބުވެސް އެ ދުވަހު ބޭއްވުމުން ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މެންބަރުން އިންތިޚާބު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450