Ads by Farudhun

ޚަބަރު

އަޅުގަނޑަކީ ހުސް ވާހަކަ ދައްކާ މީހެއް ނޫން، ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން

އަޅުގަނޑަކީ ހުސް ވާހަކަ ދައްކާ މީހެއް ނޫން، ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޭޕްރީލު 2026، 05:54

03 އޭޕްރީލު 2026، 05:54

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުންލާ ވޯޓަކީ ގައުމީ ވިސްނުމެއްގައި، ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމާ މުހިންމު ނިންމުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ކެމްޕޭން ނިންމާލުމަށް ބޭއްވި ހިނގާލުމުގައި ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ ހަމައެކަނި ގަލަމަކުން އޮހޭ ދެލިކޮޅެއް ނޫން ކަމަށާއި، އެއީ އަންނާން އޮތް ޖީލުތަކަށްޓަކައި ޒިންމާދާރުކަމާއެކު ނިންމަންޖެހޭ ބޮޑު ނިންމުމެއް ކަމަށެވެ.

"އަތަށް އަންނަ ވޯޓު ކަރުދާސްތަކުގައި އަޅުގަނޑުމެން ޖަހާ ފާހަގަތަކަކީ ހަމައެކަނި އެ ގަލަމުގެ ކުރިން އަންނަ ދެލިކޮޅެއް ނޫން. އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާކުރުމަށްޓަކައި ޖަހާ ފާހަގައެއް، ނިންމާ ނިންމުމެއް. އަންނާން އޮތް ޖީލުތަކުން އަޅުގަނޑުމެންނާ ސުވާލުކުރާނެ ނިންމުމެއް،" ރައީސް ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނުރައްކާތެރި ހާލަތެއްގައި އޮތް ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދަނީ ގައުމީ ފިކުރުގައި ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުން މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާނެ ކަންކަމަށް ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު، މި ސަރުކާރުން މިހާރު ދައްކާ ހަލާސްކޮށްފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ފައިސާ ދައްކާފައިވަނީ ގައުމު ދަރުވާނުލައި، ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިނުކޮށް އަދި އެއްވެސް ފައިސާފޮއްޗެއް ޗާޕުނުކޮށެވެ. މީގެ އިތުރުން، ގައުމީ ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑަކީ ހުސް ވާހަކަ ދައްކާ މީހެއް ނޫން، މި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ. ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން، 

ރައީސް 

ސުކޫކު ދައްކާ ނިންމުމާއެކު، ކުރީ ސަރުކާރުން ރަހުނުކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ފިނޭންސް މިނިސްޓްރީގެ އިމާރާތް މިހާރު މިނިވަންވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، ގައުމީ ވިސްނުމުގައި ނުކުމެ، އެންމެން އަތުކުރި އޮޅާލައިގެން މާދަމާގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450