Ads by Farudhun

ޚަބަރު

ވޭމަންޑޫގައި 23 ދުވަހުން 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި

ވޭމަންޑޫގައި 23 ދުވަހުން 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި

ވޭމަންޑޫ ބިން ހިއްކާ ނިންމާލުން---

farudhun logo

ފަރުދުން

07 އޭޕްރީލު 2026، 10:01

07 އޭޕްރީލު 2026، 10:01

ތ. ވޭމަންޑޫ ބިން ހިއްކުމަށް ފެށި މަޝްރޫޢު 23 ދުވަހުން ނިންމާލައިފިއެވެ. 

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 12 މާރިޗު 2026ގައި ވޭމަންޑޫ ބިން ހިއްކުމަށް ފެށި މަޝްރޫޢު، 04 އެޕްރީލް 2026ގައި ނިންމާލާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 27 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

މި މަޝްރޫޢު ކުރިޔަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.



މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. 

ވޭމަންޑޫ ބިން ހިއްކުމުގެ އިތުރުން އެ ރަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450