Ads by Farudhun

ޚަބަރު

ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ.ގާދިފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2026، 05:23

10 އޭޕްރީލު 2026، 05:23

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގައި ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ފެށި މި މަޝްރޫޢަށް ޖުމްލަ 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ކޮންނަ ބޯޓެއް ކަމަށްވާ 'ފިލިޕޯ ބްރޫނެލެސްކީ' (Filippo Brunelleschi) ބޭނުންކޮށްގެންނެވެ. މި ބޯޓަކީ އެއްފަހަރާ 11,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މި ބޯޓުގެ އެހީގައި ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.



މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރައީސްގެ ޕޯސްޓުގައި ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާކަން ކަށަވަރުކޮށްދެއްވައި، މިއީ އެ ރަށުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ.

ގާދިފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450