Ads by Farudhun

ޚަބަރު

ބައެއް މިނިސްޓްރީތައް އެއްކުރައްވައި، ކެބިނެޓަށް މުޅިން އަލަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވައިފި

ބައެއް މިނިސްޓްރީތައް އެއްކުރައްވައި، ކެބިނެޓަށް މުޅިން އަލަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވައިފި

ކެބިނެޓަށް ގެންނެވި ބަދަލާ ގުޅިގެން މިނިސްޓަރުން ހުވާކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޭޕްރީލު 2026، 08:43

14 އޭޕްރީލު 2026، 08:43

ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ ތެރެއިން ބައެއް މިނިސްޓްރީތައް އެއްކުރައްވައި، ކެބިނެޓަށް މުޅިން އަލަށް ހަތަރު މިނިސްޓަރަކު އައްޔަންކުރައްވައިފިއެވެ. 

މި ބަދަލުތަކުގެ ތެރެއިން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި 12 މިނިސްޓަރަކު ވަނީ މިނިސްޓަރުކަމުގެ ހުވާކުރައްވާފައެވެ. އޭގެ ތެރޭގައި އަލަށް އުފެއްދެވި ވުޒާރާތަކަށް އައްޔަން ކުރެއްވި މިނިސްޓަރުންނާއި، މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ބަދަލުގައި އައްޔަން ކުރެއްވި މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކާއެކު ކެބިނެޓަށް މުޅިން އަލަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ މަޤާމަށް އަލްފާޟިލާ ޙީނާ ވަލީދު އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީގެ މަޤާމަށް އަލްފާޟިލް ޢަލީ ޝަރީފް އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަޤާމަށް އަލްފާޟިލާ ޤީލާ ޢަލީ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާރޒްގެ މަޤާމަށް އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ.

މިއަދު ގެންނެވި ބަދަލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މިނިސްޓްރީތައް ވެސް އެއްކުރައްވާފައެވެ. އެގޮތުން ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އެއްކުރައްވައި އުފެއްދެވި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މަޤާމަށް އައްޔަން ކުރެއްވީ އަލްފާޟިލް އަބްދުالله ރާފިޢުއެވެ.

އަދި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެއްކުރައްވައި އެފެއްދެވި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއަށް އައްޔަންކުރެއްވީ ކުރިން ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު، އަލްފާޟިލާ ޤީލާ ޢަލީއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އެއްކުރައްވައި އުފެއްދެވި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓެވެ. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ ޑރ. އިސްމާއިލް ޝަފީއުއެވެ.

އަދި އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީ އެއްކުރައްވައި އުފެއްދެވި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑެވެ. އެ މިނިސްޓްރީއަށް އައްޔަންކުރެއްވީ އަލްފާޟިލް މުޙައްމަދު ސައީދުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450