Ads by Farudhun

ޚަބަރު

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް އޮތް އެންމެ ޤާބިލް ލަޝްކަރަކީ ސިފައިން: ރައީސް

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް އޮތް އެންމެ ޤާބިލް ލަޝްކަރަކީ ސިފައިން: ރައީސް

ދިވެހި ސިފައިންގެ ޕެރޭޑެއްގެ ތެރެއިން---

farudhun logo

ފަރުދުން

21 އޭޕްރީލު 2026، 09:33

21 އޭޕްރީލު 2026، 09:33

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ ލޮބުވެތި ދިވެހި ސިފައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހި ސިފައިންގެ 134ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފާއިތުވި ތާންގައި ސިފައިންގެ ޔުނީފޯމުގައި ޤައުމަށް ޚިދުމަތްކުރެއްވި ދަރީންގެ ތެރޭގައި ހިމެނޭ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ ޚިދުމަތްތެރީންގެ ލިސްޓު ވަނީ ރަންއަކުރުން ފަވާލެވިފައި ކަމަށެވެ.

ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް. ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ތިޔަކޮށްދެއްވަވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރުއަދާކުރައްވާފައެވެ. އަދި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ވަނީ ސިފައިންގެ އާއިލާތަކަށް ވެސް މަރުޚަބާ ދަންނަވާފައެވެ.  

ދިވެހި ސިފައިން ކޮންމެ ދުވަހަކުވެސް ކުރަމުން ދަނީ ޤައުމީ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކަކީ ދިވެހި ޤައުމިއްޔަތު ކުރިއަރުވާ، ދެމެހެއްޓުމަށްޓަކައި ކުރަމުންދާ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450