Ads by Farudhun

ޚަބަރު

މާލޭ މޭޔަރު އާޒިމަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށައިފި

މާލޭ މޭޔަރު އާޒިމަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށައިފި

މާލޭ މޭޔަރ އާދަމް ޢާޒިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2026، 03:35

26 އޭޕްރީލު 2026، 03:35

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

 މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

މިކަން ހިނގައި ދިޔަ ވަގުތުގެ މަންޒަރުތައް މީސް މީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާއިރު އެ މަންޒަރުތަކުން ފެންނަ ގޮތުގައި، މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން، އެ ވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފައެވެ. ފުލުހުން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މޭޔަރަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފައެވެ. ރައީސްގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް ހަމަލާދީ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޗީފް ގަވާމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ( މުންދު ) ވިދާޅުވީ، މިއީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. "މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވަން" ތަރުޖަމާނު ވިދާޅުވިއެވެ.

މޭޔަރުގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ތުހުމަތުތައް ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450