ޚަބަރު
ދަތުރު މި ނިންމާލަނީ ސްރީލަންކާއާ އޮތް ގުޅުން ބަދަހި ކުރުމުގެ އާ އަޒުމަކާއެކު: ރައީސުލްޖުމްހޫރިއްޔާ
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކުރިޔަށްދިޔަ ރަސްމީ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފިސް
ފަރުދުން
06 މޭ 2026، 07:44
06 މޭ 2026، 07:44
ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ދަތުރުފުޅު އެ ނިންމަވާލައްވަނީ އެ ޤައުމާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސިންހާލަ ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފު ކާމިޔާބު ކަމަށާއި، އަދި އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އާއި އެ މަނިކުފާނުގެ ވަފުދަށް ސްރީލަންކާ ސަރުކާރުންނާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހެމާންދާރީ އާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
සාර්ථක රාජ්ය සංචාරයක් නිම කරමින් ශ්රී ලංකාවෙන් පිටත්ව යන මේ අවස්ථාවේදී, මාලදිවයින සහ ශ්රී ලංකාව අතර පවතින සමීප හා දිගුකාලීන සබඳතා තවදුරටත් ශක්තිමත් කිරීමට නව අධිෂ්ඨානයක් සමඟ මම පිටත්ව යමි.
— Dr Mohamed Muizzu (@MMuizzu) May 6, 2026
මට, මගේ බිරිඳට සහ මගේ දූත පිරිසට ලබාදුන් උණුසුම් ආගන්තුක සත්කාරය සහ මිත්රත්වය වෙනුවෙන්… pic.twitter.com/eaC2njI1OW
މީގެ އިތުރުން އެ ޤައުމުގެ ބޮޑު ވަޒީރު، ހަރިނީ އަމަރަސޫރިޔާއާ ކުރެވުނު މަޝްވަރާތަކާއެކު އިތުރު ހިތްވަރަކާއި އުއްމީދެއް ލިބިގެންގޮސްފައިވާ ކަމަށާއި، ދެން އޮތީ ބައްދަލުވުންތަކުގެ ނަތީޖާ ނެރުމަށް މަސައްކަތްކުރުން ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 3ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމަށް ތަފާތު ހަތް ދާއިރާއަކުން ފަހުމުނާމާތަކެއްގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި، މިހާރުވެސް ޤާއިމުކުރެވިފައި ހުރި ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާމެދު މަޝްވަރާކުރުމަށް ބިޒްނަސް ފޯރަމްއެއް ވެސް ވަނީ ބާއްވާފައެވެ.