Ads by Farudhun

ޚަބަރު

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދެކަނބަލުން ސްރީލަންކާއިން ފުރާވަޑައިގެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

06 މޭ 2026، 08:03

06 މޭ 2026، 08:03

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ޤައުމުން ފުރާވަޑައިގަންނަވައިފިއެވެ.

ސްރީލަންކާއިން ފުރާވަޑައިގެންނެވުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު އެ ނިންމަވާލައްވަނީ އެ ޤައުމާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމާއެކުގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފު ކާމިޔާބު ކަމަށާއި، އަދި އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އާއި އެ މަނިކުފާނުގެ ވަފުދަށް ސްރީލަންކާ ސަރުކާރުންނާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހެމާންދާރީ އާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

މީގެ އިތުރުން އެ ޤައުމުގެ ބޮޑު ވަޒީރު، ހަރިނީ އަމަރަސޫރިޔާއާ ކުރެވުނު މަޝްވަރާތަކާއެކު އިތުރު ހިތްވަރަކާއި އުއްމީދެއް ލިބިގެންގޮސްފައިވާ ކަމަށާއި، ދެން އޮތީ ބައްދަލުވުންތަކުގެ ނަތީޖާ ނެރުމަށް މަސައްކަތްކުރުން ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކެއްގައި ވެސް ސޮއިކޮށްފައި ވެއެވެ.
އަދި މި ދަތުރުފުޅުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަވަށްޓެރި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ، ނަތީޖާ ނެރެވޭނެ ފަދަ އުއްމީދީ ބައްދަލުވުންތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން  މި ބައްދަލުވުންތަކުގައި ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމް، ޒުވާނުން، ޞިއްޙަތު، މަސްވެރިކަން، ސަލާމަތީ ކަންކަން އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވާކަން ހާމަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450