ޚަބަރު
މޫސުން އިތުރަށް ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް ނެރިފައިވާ ހުދު ސަމާލު ދަންމާލައިފި
ވިއްސާރަ ދުވަހެއް/ފޮޓޯ: މިހާރު
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ދެކުނުގެ އަތޮޅުތަކަށް ނެރިފައިވާ ހުދު ސަމާލު ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު ފަތިހު 05:30 އިން ފެށިގެން 11:30 އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for strong winds and rough seas. pic.twitter.com/G69REROfl2
— Maldives Meteorology (@MetMaldives) May 11, 2026
މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވެ 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ހިސާބުތަކަށް 4 ސަމާލެއް ނެރިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.