Ads by Farudhun

ޚަބަރު

ކޯޓު އަމުރަކަށް ތަބާވުން އަޅުގަނޑަށް ވެސް ލާޒިމު، މި ގައުމުގައި އޮންނާނީ ގާނޫނީ ވެރިކަން: ރައީސް މުއިއްޒު

ކޯޓު އަމުރަކަށް ތަބާވުން އަޅުގަނޑަށް ވެސް ލާޒިމު، މި ގައުމުގައި އޮންނާނީ ގާނޫނީ ވެރިކަން: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2026، 01:39

15 މޭ 2026، 01:39

ކޯޓަކުން އަމުރެއް ކޮށްފިނަމަ، އެ އަމުރަކަށް ތަބާވެވަޑައިގަތުމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ވެސް ލާޒިމުވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައުމުގެ މިސްރާބު ހުރިގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމަށާއި، ގާނޫނުގެ ކުރިމަތީގައި ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ކޮންމެ މީހަކު ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އެކަމާ ފަރުވާލެއް ނެތް ކަމަށާއި، ނަމަވެސް ކޯޓުތަކުން ކުރާ ހުކުމްތަކަށް އިހުތިރާމްކޮށް އެއަށް ތަބާވުމަކީ އެންމެންގެ މައްޗަށް އޮތް ލާޒިމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޯޓަކުން ވަކި ގޮތަކަށް ހުކުމެއް ކުރީމަ އަޅުގަނޑަށް ވެސް ލާޒިމްވާނެ އެ އަމުރަކަށް ތަބާވާން. އެއީ މުޅިން އެހެންކަމެއް. މީގެ ކުރިން އެފަދަ މިސާލުތައްވެސް ފެނިފައި ހުންނާނެ،

ރައީސް 

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު އަހައިގެން ވެރިކަން ކުރެއްވުމަށް ކަމަށެވެ. އެގޮތުން ކެލަޔަށް ކުރެއްވި ދަތުރުފުޅުގައި އިޖުތިޖާޖު ކުރި ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވިކަން މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ. ނަމަވެސް، ރައްޔިތުންގެ ޚިޔާލަށް ފުރުސަތު ދިން ނަމަވެސް، ގާނޫނާ ޚިލާފަށް އަދި ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަންކަން ކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ބަލައިގަނެވޭނެ ހަމައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމަނިކުފާނުގެ އަބުރުފުޅު ކޭލާ ފަދަ ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް އާންމުކުރި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ ޖަލަށް ލާފައިވާ ދަނޑިވަޅެއްގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ނޫހުން އާންމުކުރި ވީޑިއޯއާ ގުޅޭ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ ދެ ނޫސްވެރިން ވަނީ ކޯޓުގެ އެ އަމުރަށް ގޮންޖަހައި ވާހަކަ ދައްކާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450