Ads by Exprox

ޚަބަރު

ރާއްޖެ ކައިރީގައި ދެކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ

ރާއްޖެ ކައިރީގައި ދެކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ

މޫސުން ގޯސްދުވަހެއްގައި ކަނޑުމަތީގައި ދޯންޏެއް ދުއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2024، 06:13

25 ނޮވެމްބަރު 2024، 06:13

ހުލާސާ


ރާއްޖެ ކައިރީގައި ދެކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. 

މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި ކޮޅިގަނޑު ދަތުރު ކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް އިންޑިއާ ޓެމިލްނާޑް އަދި ސްރީލަންކާގެ އައްސޭރިފަށަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މީގެ އިތުރުން ރާއްޖެއާ ދުރުން، ރާއްޖޭގެ އިރުދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. 

މި ދެކޮޅިގަނޑާއި ގުޅިގެން 27 ނޮވެންބަރުވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައިބާރުވާނެ ކަމަށް ބެލެވޭ، އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ

މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވަނީ އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ. 

ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށާއި، އަދި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco