Ads by Farudhun

ޚަބަރު

އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ފެނުނީ މުރާލިކަމާއި އިޚުލާޞްތެރިކަން: ރައީސުލްޖުމްހޫރިއްޔާ

އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ފެނުނީ މުރާލިކަމާއި އިޚުލާޞްތެރިކަން: ރައީސުލްޖުމްހޫރިއްޔާ

އަލްމަރްޙޫމް ޢަލީ ޒުބައިރު---

farudhun logo

ފަރުދުން

22 މޭ 2026، 03:00

22 މޭ 2026، 03:00

އަލްމަރްޙޫމް ޢަލީ ޒުބައިރުއާއެކު މަސައްކަތް ކުރެއްވިއިރު އޭނާގެ ފަރާތުން ފެނުނީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި އަދި ކަންކަމަށް ކަމޭހިއްތަވައިގެން މަސައްކަތް ކުރެއްވުމުގެ ރީތި ނަމޫނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. 

އަލްމަރްޙޫމް ޢަލީ ޒުބައިރު ވަނީ 43 އަހަރާއި 11 މަހަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައެވެ. އޭނާ ޚިދުމަތް ކުރައްވާފައި ވަނީ މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައެވެ. 



އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ހަނދާންތައް އާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގާތް އަޚެއްގެ ގޮތުގައި ހެޔޮއެދިވަޑައިގެން ޢަލީ ޒުބައިރު ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށެވެ. 

އަދި ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450