ޚަބަރު
ގިނަ ރައީސުންތަކަކަށް ޚިދުމަތް ކުރެއްވި އާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
އަލްމަރްހޫމް އާދަމް ޢަލީ---
ދިވެހިރާއްޖޭގެ ގިނަ ރައީސުންނާއި ނައިބު ރައީސުންނަށް ޚިދުމަތް ކުރެއްވި އާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެކްސްގައި ޚިއްޞާ ކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ވ.ކަނި، އާދަމް ޢަލީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ޚިދުމަތް ކުރެއްވި ބޭފުޅެއް ދިގު މުއްދަތެއްގައި ވަފާތެރިކަމާއެކު މަސައްކަތްކުރައްވައިފައިވާ ބޭފުޅެއް ކަމަށެވެ. އަދި އާދަމް ޢަލީއަކީ އޭނާ ޚިދުމަތްކުރެއްވި ހުރިހާ ރައީސުންނާއި ނައިބު ރައީސުންގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވަނީ 44 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރައްވާފައެވެ. އަދި ދ ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވެސް ލިބިލެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) May 22, 2026
ވ.ކަނި، އާދަމް ޢަލީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައިފައިވާ، ވަފާތެރިކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރެއްވި،އާދަމް ޢަލީ ޚިދުމަތްކުރެއްވި ކޮންމެ ރައީސެއް އަދި… pic.twitter.com/6vxbdZDLeU
މި ޚިދުމަތްތެރިޔާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އާދަމް އަލީގެ ޢާއިލާއަށް އަދި އެކުގައި ވަޒީފާ އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
އާދަމް ޢަލީ ނިޔާވެފައިވަނީ، އުމުރުން 62 އަހަރުގައި ސްރީލަންކާގައެވެ.