Ads by Farudhun

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުން ދަސްވެނިވި ޒުވާނުންނަށާއި ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުން ދަސްވެނިވި ޒުވާނުންނަށާއި ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފޮޓޯ: އެމްއެންޑާއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2026، 03:15

23 މޭ 2026، 03:15

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނު ފުރިހަމަކޮށް  ދަސްވެނިވެއްޖެއެވެ.

 މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ ދަސްވެނިވި ހުރިހާ ޒުވާނުންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ވަރަށް ޚާއްޞަ މަރުޙަބާއެއް ދަންނަވާފައެވެ.

ދަސްވެނިވި ޖުމްލަ 63 ޒުވާނުންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަރުޙަބާގެ މެސެޖުގައި، ދަރިވަރުންގެ އިތުރުން އެންމެހާ މުދައްބިރުންނަށާއި، މިނިސްޓްރީ އޮފް ޑިފެންސް އަދި އެމް.އެން.ޑީ.އެފްގެ އެންމެހާ ބޭފުޅުން މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.



ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ފަންނީ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މިއަދު ދަސްވެނިވި ދަރިވަރުންނަކީ 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ.

އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ފަށާފައިވަނީ 2026 ޖެނުއަރީ 15 ގައެވެ.

ޒުވާނުންނަށް ފަންނީ ހުނަރު އުނގަންނައިދީ ޤައުމީ ޚިދުމަތަށް ތައްޔާރުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ދެވަނަ ބެޗު ޖޫން 1، 2026 ގައި ފެށުމަށް މިހާރު ވަނީ ނިންމާފައެވެ. މި ދެވަނަ ބެޗުގައި 75 ޒުވާނުން ބައިވެރިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450