Ads by Farudhun

ޚަބަރު

ކޯލް މައިނެއްގައި ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކޯލް މައިނެއްގައި ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކޯލް މައިން ހުރި ސަރަޙައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ

farudhun logo

ފަރުދުން

24 މޭ 2026، 06:06

24 މޭ 2026، 06:06

ޗައިނާގެ ކޯލް މައިނެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިނެއްގައެވެ. މި ހާދިސާގައި 82 މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. 

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ފޮނުވި ތަޢުޒިޔާގެ މެސެޖުގައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، އިތުރު އެތައް ބަޔަކަށް އަނިޔާވި މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއެކު ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ބައިނަލްއަޤުވާމީ މިޑިއާތައް ބުނާގޮތުން، މި ހާދިސާ ހިނގި ވަގުތު 247 މީހަކު ދިޔައީ މައިނުގެ ތެރޭގައި މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މަރުވި 82 މީހުންގެ އިތުރުން، 128 މީހަކު ޒަޚަމުވުމުގެ ސަބަބުން ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450