Ads by Farudhun

ޚަބަރު

އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 03:51

27 މޭ 2026، 03:51

1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާޢީދު ދުވަހުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށާއި، އިސްލާމީ ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ރަސްމީ މެސެޖުތަކުގައި، އުފާވެރި އަޟްޙާޢީދު ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ގައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާއި، އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ރައްދުކުރައްވާފައެވެ.

މި މުނާސަބަތުގެ ރޫޙާނީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ބަރަކާތްތެރި މުނާސަބަތަކީ މުޅި ދުނިޔޭގެ މުސްލިމުންގެ މެދުގައި އެކަކު އަނެކަކަށް އޮންނަ އޯގާތެރިކަމާއި، އަޅާލުމާއި ، އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެގެންދާނެ ދުވަހެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވި ޙައްޖުވެރިންގެ ދުޢާތަކާއި އަޅުކަންތައް މާތްﷲ ގަބޫލުފުޅު ކުރެއްވުމަށާއި، އެބޭފުޅުންނަށް އަމާންކަމާއި ދާއިމީ ސަވާބާއި ދަރުމަ މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފުރިހަމަ ޞިއްޙަތާއި، ބަރަކާތާއި އުފާވެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450