Ads by Farudhun

ޚަބަރު

ތުރުކީވިލާތުގެ ބަސް އެކްސިޑެންޓާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވަވައިފި

ތުރުކީވިލާތުގެ ބަސް އެކްސިޑެންޓާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވަވައިފި

ރައީސް ޑރ މުޢިއްޒު ތުރުކީވިލާތުގެ ރައީސް އުރްދުޣާން އާއެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖޫން 2026، 09:04

01 ޖޫން 2026، 09:04

ތުރުކީވިލާތުގެ ހުޅަނގު ބިތުގައި ބަހެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިއަދުގެ ވަގުތެއްގައި ދަތުރުވެރިން ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން 8 މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ. މި ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާތައް ވަނީ މަރުވި މީހުންގެ ޢާއިލާތަކާއެކުގައި ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450