Ads by Farudhun

ޚަބަރު

މީދޫގެ ޚިދުމަތްތެރިޔާ މަރްހޫމް ޞިއްދީޤު ޢަލީގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

މީދޫގެ ޚިދުމަތްތެރިޔާ މަރްހޫމް ޞިއްދީޤު ޢަލީގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

މަރްހޫމް ޞިއްދީޤު ޢަލީ---

farudhun logo

ފަރުދުން

04 ޖޫން 2026، 07:10

04 ޖޫން 2026، 07:10

ސަރުކާރުގެ ވަޒީފާގައި ހުންނަވައިގެން ދ. މީދޫއަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި އެ ރަށު ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ޚިއްޞާ ކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އަލްމަރްހޫމް ޞިއްދީޤު ޢަލީއަކީ 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި މީދޫގެ އިސް މަޤާމުތަކެއް ފުރުއްވާ، އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. 



ޞިއްދީޤު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި، ސުވަރުގޭގައި ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450