Ads by Farudhun

ޚަބަރު

ދުނިޔޭގެ ކުރިމަގަށްޓަކައި ދުޅަހެޔޮ ކަނޑުތަކެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ރަޢީސުލްޖުމްހޫރިއްޔާ

ދުނިޔޭގެ ކުރިމަގަށްޓަކައި ދުޅަހެޔޮ ކަނޑުތަކެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ރަޢީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 09:13

08 ޖޫން 2026، 09:13

ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކުރިމަގަށްޓަކައި ދުޅަހެޔޮ ކަނޑުތަކެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ދިވެހީންނާއި ކަނޑުތަކާ ދެމެދު އޮތީ ވަރަށް ފުން، އަމިއްލަ ގުޅުމެއްކަން ފާހަގަކުރައްވައި، ކަނޑުތަކުގެ ދުޅަހެޔޮކަމަކީ ރާއްޖޭގެ އިޤްތިޞާދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓަށް ސީދާ އަސަރުކުރާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ޙާލަތު ބެލެހެއްޓުމުގެ އިތުރުން މުރަކަ އާލާކުރުމަށް ރާއްޖެއިން އިސްކަންދޭ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމާއި، ރަށްގިރުމުގެ ޙާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު، ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "އައު ތަސައްވުރެއް: އަޅުގަނޑުމެން ދަންނަ ދުނިޔޭގެ އިންތަކުން ބޭރުވެ، ކަނޑުތަކާއެކު އައު ގުޅުމެއް ޤާއިމުކުރަމާ" މިއެވެ. ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑު ކަމަށްވުމާއެކު، ސަރުކާރުން އަންނަނީ ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



&nb; &spnbsp;                 


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450