Ads by Farudhun

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގެ ތަމްރީނަށް ޒުވާނުން މާފިލާފުއްޓަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގެ ތަމްރީނަށް ޒުވާނުން މާފިލާފުއްޓަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގެ ތަމްރީނަށް ޒުވާނުން މާފިލާފުއްޓަށް ފުރުން ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 04:51

08 ޖޫން 2026، 04:51

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގެ ތަމްރީނުތަކުގައި ބައިވެރިވާ ކުދިން ޅ. މާފިލާފުއްޓަށް ފުރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1785 ޒުވާނުންގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 352 ބައިވެރިން ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގެ ތަމްރީނަށް މިހާރު ފުރާފައިވާ ކަމަށެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތުގެ އިތުރުން އަޚުލާޤާއި ސުލޫކު ދަސްކޮށްދެވޭނެ ކަމަށެވެ. އަދި ލީޑަރޝިޕް، ހަށިހެޔޮކަން އަދި ދިރިއުޅުމުގެ އަމަލީ މައިދާނަށް ބޭނުންވާނެ މުހިންމު އެތައް ދާއިރާއަކުން ޒުވާނުން ތަމްރީނު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ ޒުވާނުންގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ.

މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން 115 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 64 އަންހެން ކުދިންނާއި 288 ފިރިހެން ކުދިން ހިމެނެއެވެ. މި ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އިފްތިތާޙު ކުރި ޕްރޮގްރާމެކެވެ. މިހާތަނަށް ކުރިއަށްގެންދިޔަ ދެ ބެޗުގައި 680 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމް ނިންމާ ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި ތަމްރީނު ފުރިހަމަކުރާ ކުދިންގެ ކިބައިން ފެންނަ ހެޔޮ ބަދަލުތަކާއި، ދީނީ ކަންކަމަށް ހުންނަ ފަރުވާތެރިކަމުގެ އިތުރުން އަމިއްލައަށް ކަންކަން ކުރުމުގެ އާދަ އަށަގަންނަމުންދާކަން ބެލެނިވެރިންވެސް އަންނަނީ އުފަލާއެކު ފާހަގަކުރަމުންނެވެ.

<


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450