Ads by Farudhun

ޚަބަރު

ފިލިޕީންސްގެ ނޮން-ރެސިޑެންޓް ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފިލިޕީންސްގެ ނޮން-ރެސިޑެންޓް ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފިލިޕީންސް އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް މުޢިއްޒަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2026، 11:26

09 ޖޫން 2026، 11:26

ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ފިލިޕީންސްގެ ނޮން-ރެސިޑެންޓް ސަފީރު، ހާރ އެކްސެލެންސީ ނީނާ ޕީ. ކައިންގްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލަށް އައްޔަނުކުރެއްވި ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ، އެމް.އެން.ޑީ.އެފްގެ ޑްރަމް އެންޑް ޓްރަމްޕެޓް ބޭންޑާއެކު، ސަގާފީ 'ހައިކޮޅު' ގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުގެ ފަތްކޮޅު ގަބޫލުފުޅުކުރައްވައި، ފިލިޕީންސްގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ބަހައްޓަވާ މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓްރަލް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންމެ ވަނީ އަލުން އިގުރާރުވެފައެވެ. ދިވެހިރާއްޖެއާއި ފިލިޕީންސާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 12 ޖުލައި 1974 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450