Ads by Farudhun

ޚަބަރު

ނެދަލެންޑްސްގެ އާ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ނެދަލެންޑްސްގެ އާ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ނެދަލެންޑްސްގެ އާ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2026، 11:42

09 ޖޫން 2026، 11:42

ނެދަލެންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ވީބޭ ޔަކޮބް ޑި ބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ދިވެހި ސަގާފީ 'ހައިކޮޅު' ގައި، އެމް.އެން.ޑީ.އެފްގެ ބެރުދުންމާރި ތާޅަފިލީގެ ލަޝްކަރާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުގެ ފަތްކޮޅު ގަބޫލުފުޅު ކުރައްވައި، ނެދަލެންޑްސްގެ އާ ސަފީރުގެ ހައިސިއްޔަތުން ވީބޭ ޔަކޮބް ޑި ބޯއަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ. މީގެ ތެރޭގައި އުމްރާނީ ތަރައްގީއާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، އަދި އިންސާނީ ހައްގުތަކުގެ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ނެދަލެންޑްސްގެ އެހީތެރިކަން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 3 ސެޕްޓެމްބަރު 1979 ގައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450