Ads by Farudhun

ޚަބަރު

ބޮޑުވަޒީރު މޯދީއަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ބޮޑުވަޒީރު މޯދީއަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދް މުޢިއްޒު އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮޓޯ ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖޫން 2026، 09:30

10 ޖޫން 2026، 09:30

މެދުނުކެނޑި އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި އިންތިޚާބީ ލީޑަރުގެ ޝަރަފު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވި މި ތާރީޚީ ކާމިޔާބީއަށްޓަކައި ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މޯދީއަކީ އިންޑިއާގެ ތާރީޚުގައި ވެސް ޖެހިޖެހިގެން އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި އިންތިޚާބީ ލީޑަރެވެ.


ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ. އަދި މި ގުޅުން ކުރިއަށްދާނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި، ގައުމީ ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާވެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށް ވެފައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން އިސްކަންދެއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450