Ads by Farudhun

ޚަބަރު

މީދޫ ކައުންސިލް ރައީސްގެ މަޤާމު ކާމިޔާބުކުރެއްވި ސުޙާއަށް ރައީސް މަރުޙަބާ ދަންނަވައިފި

މީދޫ ކައުންސިލް ރައީސްގެ މަޤާމު ކާމިޔާބުކުރެއްވި ސުޙާއަށް ރައީސް މަރުޙަބާ ދަންނަވައިފި

ސުޙާ މެޑަމް ސާޖިދާ އާއި އެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2026، 06:27

13 ޖޫން 2026، 06:27

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ސުޙާ އިބްރާހިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

މި އިންތިޚާބަކީ ކުރިން ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން އަލުން ބޭއްވި އިންތިޚާބެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދ. މީދޫ ކައުންސިލް ރައީސްކަން ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް މަރްޙަބާ ދަންނަވަން،" ކަމަށެވެ. މީގެ އިތުރުން ވޯޓުދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށާއި އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް ސުޙާ އިބްރާހީމަށް 529 ވޯޓު ލިބިފައިވާއިރު، އޭނާއާ ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ. މި އިންތިޚާބުގައި ޖުމްލަ 985 މީހުން ވޯޓުލާފައިވެއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބަށް ތިން ފޮށި ބަހައްޓާފައިވެއެވެ. އެއީ ދ. އަތޮޅު މަދުރަސާގައި ބެހެއްޓި ދެ ފޮއްޓާއި، މާލޭގައި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި ފޮއްޓެކެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހުންނަށް ލިބިގެންވާއިރު، އޭގެ ތެރެއިން 587 މީހުންނަކީ މީދޫގައި ވޯޓުލުމަށް ރަޖިސްޓްރީވި މީހުންނެވެ. އަދި 462 މީހުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރިއެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގައި ބޭނުންކުރި ވޯޓު ފޮއްޓެއްގެ އެއް ވޯޓު ކަރުދާސް ސައްޙަ ކަމަށް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން، ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450