ވިޔަފާރި / ޚަބަރު

މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި އުފެއްދުންތެރިން ފައިތިލަ ސާބިތުކުރުމުގެ ރަނގަޅު ފުރުސަތެއް : ރައީސް

މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި އުފެއްދުންތެރިން ފައިތިލަ ސާބިތުކުރުމުގެ ރަނގަޅު ފުރުސަތެއް : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 12:27

15 ޖޫން 2026، 12:27

ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ރަނގަޅު ފުރުސަތެއް މިހާރު ހުޅުވާލެވިފައިވާ ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ރާއްޖެއަށް ޕޭޕަލް ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުރިހަމަކަމާއެކު ފުދިގެން ދިޔަ އުފާވެރި މުނާސަބަތެއް ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކްރިއޭޓަރުންނާއި އިނޮވޭޓަރުންނަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންގެ ހުނަރުތައް ބައިނަލްއަޤުވާމީ މާކެޓާ ހިއްސާކޮށްގެން މަންފާ ހޯދޭނެ ފަސޭހަ ނިޒާމެއް ނެތުމެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށް ވާތީ މިފަދަ ޚިދުމަތްތައް ނުލިބޭނެ ކަމަށް ޒަމާނުއްސުރެ ދައްކަމުން އައި ވާހަކަތައް އެމަނިކުފާނު ޤަބޫލުނުކުރައްވާ ކަމަށާއި، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފެއްޓެވީ އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ޕޭޕަލްއަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާ ބްލޫޕްރިންޓުގެ މުހިންމު ބައެއް. އަޅުގަނޑުމެންގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން. އެކަން ކުރެވޭނީ އިޤްތިޞާދު ސިންދަފާތުކޮށްގެން،

ރައީސް 

މީގެ އިތުރުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަދުވެގެން 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުން ހިއްސާކުރުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޤްޞަދުގައި ގޫގަލްއާ ގުޅިގެން 'ދިވަރު' އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރާއްޖެ އޮތީ އެންމެ އެޑްވާންސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކާބަފައިން ރާއްޖެ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން ކަމަށްވީ ނަމަވެސް، މިއަދު ރާއްޖެ ދުނިޔެއާ ގުޅުވައިދެނީ ޑިޖިޓަލް އިޤްތިޞާދުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން ފިސިކަލް ސްޕޭސްތައްވެސް ތަރައްޤީކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން، އެންމެފަހުގެ ވަސީލަތްތަކާއެކު ތަރައްޤީކުރާ 'ކްރިއޭޓަރ ހަބް' އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވޭނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.

މި ރަސްމިއްޔާތު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަހައްދީ ފެސިލިޓީތައްވެސް ތަރައްޤީވަމުންދާއިރު، ކޮންމެ ރައްޔިތަކުވެސް މި ފުރުސަތުތަކުގެ ބޭނުން ހިފައި، ތަފާތު އުފެއްދުންތައް މުޅި ދުނިޔެއަށް ދައްކާލުމަށް އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450