Ads by Farudhun

ޚަބަރު

އީސީގެ މެމްބަރުކަަމަށް ޝަކީލް އައްޔަނުކުރައްވައިފި

އީސީގެ މެމްބަރުކަަމަށް ޝަކީލް އައްޔަނުކުރައްވައިފި

އީސީގެ މެމްބަރުކަމުގެ ފަތްކޮޅު ޝަކީލަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2026، 02:25

24 ޖޫން 2026، 02:25

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާ ޙަވާލުކޮށްދެއްވާފައެވެ.

މުޙައްމަދު ޝަކީލު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނަށް، ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުސްތަޤިއްލު މުއައްސަސާއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450