Ads by Farudhun

ޚަބަރު

ރައްޔިތުންގެ ބަހެއް ނެތި "ބޮޑުވަޒީރު އިސްވާ ނިޒާމެއް" ގެންނަން ދިވެހިން ބޭނުމެއްނުވޭ: ރައީސް

ރައްޔިތުންގެ ބަހެއް ނެތި "ބޮޑުވަޒީރު އިސްވާ ނިޒާމެއް" ގެންނަން ދިވެހިން ބޭނުމެއްނުވޭ: ރައީސް

ރަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2026، 10:30

26 ޖޫން 2026، 10:30

ރައްޔިތުންގެ ސީދާ ބަހެއް ނެތި ވެރިކަމުގެ ނިޒާމު ބަދަލުކޮށް، "ބޮޑުވަޒީރު އިސްވާ ނިޒާމެއް" ގެންނަން ދިވެހިން ބޭނުންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިޒާމު ބަދަލުކުރުމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރައްވަން ބޭނުންވާ ގިނަ ބޭފުޅުން ތިއްބެވުމުން، އެ އެންމެންނަށް ބޮޑެތި މަގާމުތައް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސްކަމާއި ބޮޑުވަޒީރުކަމާއި މިހެން ގޮސް ކޮންމެވެސް އެހެން ނަމެއް ކިއާފައި ވެސް ދީފާނެ ކަން ނޭނގެ. ހެދެން އޮތިއްޔާ ރަސްގެފާނު ވެސް އެމީހުން ގެންނަން ބޭނުންވާނެ އެނގޭތޯ. ދެން އެކަހަލަ ބައެއްގެ ވާހަކަ މި ދެކެވެނީ،

      ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އޮންނަންވީ ރިޔާސީ ނިޒާމެއްކަން ރައްޔިތުން ވަނީ މީގެ ކުރިން ސާފުކޮށް ނިންމާފައެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ބަހެއް ނެތި ކޮންމެ އަހަރަކު ވެސް ބޮޑުވަޒީރު ބަދަލުވެދާނެ ކަމަށާއި، އެއީ ތަރައްގީވެފައިވާ ގައުމުތަކުން ވެސް ފެންނަމުންދާ ނޭދެވޭ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ނިޒާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ މުޅިއަކުން ރިޔާސީ ނިޒާމެއް ނޫން ކަމަށާއި، މިއީ ރިޔާސީ ސިފަތަކާއި ބަރުލަމާނީ ސިފަތައް އެކުލެވޭ "ހައިބްރިޑް ނިޒާމެއް" ކަމަށެވެ. އަދި ރާއްޖެއަކީ ޔުނިޓަރީ ދައުލަތަކަށް ވާތީ، މިތަނުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ބަދަލުވެގެންދާނެ އެއްވެސް ކަމަކަށް ރައްޔިތުން ބޭނުންނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައުޟޫއަކީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ބޮޑު ބަދަލު" ގެ ނަމުގައި ހިންގަވާ ކެމްޕެއިނާ ގުޅިގެން ދެކެވޭ ވާހަކައެކެވެ. ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ ނިޒާމު ބަދަލުކޮށް، ދައުލަތުގެ ވެރިއަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ މަދު ބަޔަކު އެފަދަ ބަދަލަކަށް ތާއީދުކުރި ނަމަވެސް، ރައްޔިތުން ބޭނުންވަނީ މިހާރު އޮތް ނިޒާމު ދަމަހައްޓަން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450